ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)93-A/1/2025/20
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 21 އޮގަސްޓް 2025 12:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް މީޓިއޮރޮލޮޖިކަލް ޓެކްނީޝަން

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

ޕްރޮޖެކްޓްގެ ނަން: "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ ގެ ދަށުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (UNEP) އިން ރާއްޖޭގެ މޫސުމާބެހޭ އިދާރާއާއި ގުޅިގެން ހިންގާ އިންވެސްޓްމެންޓް ފޭސް"

މަސައްކަތް ކުރަން ޖެހޭ ތަން: ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ޤާއިމު ކުރެވޭ މެޓް އޮފީސް (ވަޒީފާގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ބޭސިކް ޓްރެއިނިން ފުރިހަމަ ކުރާނީ ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހުގައެވެ.)

މުސާރަ (ހުރިހާ އެލަވަންސްތަކާއިއެކު): 16،980 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: ރިޓަޔަރމެންޓް ޕެންޝަން ސްކީމް، ހަމަޖެހިފައިވާ އުޞޫލުން ކޮއްތުފައިސާ އާއި ދަތުރުފަތުރު އެލަވަންސް.

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުޠުހަމަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއުންތައް:

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ ( ޕްރޮޖެކްޓްގެ ނަމާއި ކުރިމަތިލާ މަޤާމު އެނގޭނެހެން)
  2. ހުށަހަޅާ ފަރާތުގެ ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް އަދި ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަޢުލޫމާތުވެސް ހިމެނޭގޮތަށް)،
  3. ލިބިފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓިފިކެޓުގެ ކޮޕީ ( ރާއްޖޭއިންބޭރުގެ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅާ ތައްގަޑު ޖަހާފައިވާ ކޮޕީ )
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ،
  5. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ،
  6. އަދި ސިވިލް ސަރވިސް މުވައްޒަފެއްނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ.

މަޤާމަށް އެދެންވީ ގޮތް: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2025 އޮގަސްޓް 21 ވަނަ ދުވަހު 1200ގ ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިއުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ. މި މަޤާމަށް 10 މީހުންނަށް ވުރެން ގިނައިން ކުރިމަތި ލައިފިނަމަ ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލައި ޝޯޓްލިސްޓްކޮށް އިންޓަވިއުއަށް ދަޢުވަތުދެވޭނީ އެންމެރަނގަޅު 10 ފަރާތަށެވެ.

އިންޓަވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 1 ސެޕްޓެމްބަރ 2025 އާއި 9 ސެޕްޓެމްބަރ 2025 އާއި ދެމެދު ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އޮފީހުގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއޮފީހުގެ 3037215  ނުވަތަ  3037225 ނަމްބަރ އަށެވެ. ނުވަތަ މި އޮފީހުގެ އީމެއިލް [email protected] އަށެވެ.

  

ނޯޓް: މި މަޤާމަށް ހޮވޭ މުވައްޒަފަކު މަޤާމަށް ޢައްޔަން ކުރުމުގައި އެ މުވައްޒަފެއްގެ ޤާނޫނީ ފޯމާއި މެޑިކަލް ކްލިއަރެންސް ރިޕޯޓް ހުށަހެޅުމުން އޭގެ މައްޗަށް ބިނާކުރެވޭނެއެވެ. މައުލޫމާތުފުރިހަމަނޫންއެޕްލިކޭޝަންތައްބާޠިލުކުރުމުގެފުރިހަމައިޚްތިޔާރުމޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށްލިބިގެންވެއެވެ. އަދިމިއިޢުލާނުކޮންމެވަގުތެއްތައިވެސްބާޠިލުކުރުމުގެއިޚްތިޔާރުމޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށްލިބިގެންވެއެވެ.

13 އޮގަސްޓް 2025