ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2025 | ނަންބަރު: 128
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 08:06
ސުންގަޑި: 21 އޮގަސްޓް 2025 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

 ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު

J-416671

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ސީއެސް 9-2 (ގްރޭޑް 2)

މަޤާމުގެ ކްލެސިފިކޭޝަން

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް، ކ.ހުޅުމާލެ

މުސާރަ:

މަހަކު -/10,020 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/3600 ރުފިޔާ

ސްޕްޝަލް ޑިއުޓީ އެލަވަންސް:

މަހަކު -/3507ރުފިޔާ (މުސާރައިގެ %35)

އެހެނިހެން އެލަވަންސް:

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގައިވާ ގޮތުގެ މަތިން (ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ އިތުރުގަޑީގެ މަސައްކަތަށް) 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޕޮލިސީތަކާއި އުޞޫލުތައް އެކުލަވާލުމުގައި ޤާނޫނީ އެޙީތެރިކަން ފޮރުކޮށްދިނުން
  2. ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ހޮސްޕިޓަލުގެ އުޞޫލުތަކާއި އިޖުރާއަތްތަކަށް ޤާނޫނީ އެޙީތެރިކަން ފޯރުކޮށްދިނުން
  3. ހޮސްޕިޓަލުން ބައިވެރިވެވަޑައިގަންނަވާ އެކިއެކި އެއްބަސްވުންތަކާއި މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (MOU) ފަދަ ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި، އެހެން ފަރާތްތަކުން ފޮނުވާ ލިޔުންތަކަށް ކޮމެންޓުކޮށް ޤާނޫނީ ލަފާ ދިނުން.
  4. ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އުޞޫލުތަކާއި އެއްބަސްވުންތައް ޑްރާފްޓްކުރުމާއި، މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ޤާނޫނީ ލަފާދިނުން.
  5. ހޮސްޕިޓަލުގެ ޕްރޮކިއުމަންޓްއާ ގުޅުންހުރި އެއްބަސްވުންތައް އެކުލަވާލުމާއި، ބީލަން ކުރުމުގެ އުޞޫލުތަކާއި ޝަރުޠުތައް ޤާނޫނާއި އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް ޤާނޫނީ ލަފާ ދިނުން.
  6. ސަޕްލަޔަރުންނާ ގުޅޭ އެއްބަސްވުމާ ޚިލާފުވުން ފަދަ ޤާނޫނީ މައްސަލަތަކުގައި ޕްރޮފެޝަނަލް ލަފާ ދިނުމާއި، މައްސަލަތައް ޙައްލުކުރުމަށް ޤާނޫނީ އެހީތެރިކަން ފޮރުކޮށްދިނުން
  7. ހޮސްޕިޓަލުން ދައުވާކުރާ އަދި ހޮސްޕިޓަލަށް ދައުވާ ރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓްތަކުގައި ހޮސްޕިޓަލް ތަމްސީލުކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން.
  8. ހޮސްޕިޓަލުން އިންޓަރނަލީ ތަޙުޤީޤުކުރާ މެޑިކަލް ނެގްލިޖެންސް، މެޑިކޯ ލީގަލް އަދި މުވައްޒަފުންނާ ގުޅުންހުރި މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ހޮސްޕިޓަލުގެ ޤާނޫނީ ރިސްކްތައް ދެނެގަނެ، އެ ރިސްކްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމާއި، ޤާނޫނީ މައްސަލަތަކާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުން.
  10. ހޮސްޕިޓަލްގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފިހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތު

 ލޯ ނުވަތަ ޝަރީއާއިން ލޯ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6.  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  7. (ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  8. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  9. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  10. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  11.  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  12. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
  13. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]   އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  24 އޮގަސްޓް 2025 އާއި 20 ސެޕްޓެންބަރު 2025 އާ ދެމެދު، މި ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.  އީ-މެއިލް ކުރާނީ   [email protected] އަށެވެ

 

 

 

13 އޮގަސްޓް 2025