މަސައްކަތް
ނަންބަރު: (IUL)30-P1/30/2025/144
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 21 އޮގަސްޓް 2025 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -ލ.މާބައިދޫގައި ޤާއިމްކުރަމުންދާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމާއިދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީއިން ލ.މާބައިދޫގައި ޤާއިމްކުރަމުންދާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމާއިދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 10:00

ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322625 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުން

21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625، 3339200 އަދި 3339239 ނަންބަރު ފޯނަށެވެ.

12 އޮގަސްޓް 2025