ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީނިއަރ މެނޭޖްމަންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
25,000– 30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މަސައްކަތް ކުރިއަށްދާ ހުރިހާ ސައިޓްތަކެއްގެ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
- ކުނި ނެގުމާއި، އުފުލުމާއި، ކުނި ކޮށްޓަށް ގެންދިއުމާއި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރުން.
- ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެވޭނެ ސިޔާސަތުތަށް އެކަށައެޅުމާއެކު ތަންފީޒުކުރުން.
- އެޑްމިން އެންޑް ހިއުމަންރިސޯސް ޑިޕާޓްމަންޓާއެކު މަސައްކަތްކޮށް މަސައްކަތަށް ޤާބިލު މުވައްޒަފުން ހޯދުމާއި، ތަމްރީންކުރުމާއި، މަސައްކަތުގެ ޝެޑިއުލްތައް ރޭވުމާއި އަދި މަސައްކަތުގެ ފެންވަރު ސުޕަރވައިޒްކޮށް ބެލެހެއްޓުން.
- ކުނީގެ މައްސަލައަށް ޒަމާނީ ހައްލެއް ހޯދުމަށް ބޭނުންވާ ދިރާސާތައްކޮށް، ޕްލޭނާއި ބަޖެޓް އެކުލަވައިލައި ތަންފީޒުކުރުން.
- ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމާއި، ކޯޕަރޭޝަންގެ މަސައްކަތްތަށް ރާވައި ހިންގުމުގައި ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
- ކުނި އުފެއްދޭ ނިސްބަތް މަދުކުރުމަށް ފަރުދީ އަދި މުއައްސަސާގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.
- އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރާނެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް އެކުލަވައިލައި ތަންފީޒުކުރުން.
- އޮޕަރޭޝަންސް ސިސްޓަމް، އުސޫލުތަކާއި ސިޔާސަތުތައް ގާއިމުކޮށް މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، ޚާއްޞަކޮށް މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، މަޢުލޫމާތު ފަސޭހައިން ލިބޭނެގޮތްވުމާއި، މުވައްސަސާގެ މަސައްކަތްތަށް ރާވައިލައިގެން ކުރިއަށް ގެންދިއުން.
- ކޯޕަރޭޝަންގެ އޮޕަރޭޝަންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
- ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ފަދަ މާހައުލެއް ގާއިމްކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ފެންވަރާއި މަސައްކަތާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާ.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދުގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|