ދިވެހިރާއްޖެ
ސްކޫލް ދަރިވަރުންނާއި ރަށުގެ އެހެނިހެން ޢާންމު ފަރުދުންގެ މެދުގައި މަދަޙަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ދީނީ ކަންތައްތަކަށް ދަރިވަރުންނާއި ޢާންމު ފަރާތްތަކުގެ ހިތުގައި ލޯބި ޖެއްސުމާއި، ދިވެހި އަދަބިއްޔާތަށް ރައްޔިތުންގެ ހިތުގައި ލޯބިޖެއްސުމާއި މުބާރާތުގެ ސަބަބުން މުސްތަޤްބަލުގައި ފެންވަރު ރަނގަޅު މަދަޙަ ކިޔުންތެރިން ރަށުގައި އުފެދި، ފަންނުވެރިކަން ތަރައްޤީކުރުމުގެ މަޤްޞަދުގައި ހޯނޑެއްދޫ ކައުންސިލްގެ 2 ވަނަ މަދަޙަ މުބާރާތް "ވިދާތަރި ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތް 2025" މިއަހަރު ސެޕްޓެމްބަރ 11 އިން 13ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. "ވިދާތަރި" ހޯނޑެއްދޫ ކައުންސިލް މަދަޙަ މުބާރާތް 2025 ގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ އޮންލައިން ފޯމު ލިންކު ނުވަތަ ކިއު.އާރް ކޯޑު މެދުވެރިކޮށް 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީގައި ބައިވެރިވާ ފަރާތްތަކުން، އެފަރާތަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް، އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.
އަދި ހަމައެހެންމެ، މުބާރާތުގެ ޤަވާޢިދާ އެއްގޮތަށް މަދަޙައިގެ ލިރިކްސް ހުށަހަޅާފައިނުވާ ފަރާތްތަކަށް މަދަޙަ ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މުބާރާތުގެ ޤަވާޢިދު ތިރީގައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް ލިބިވަޑައިގަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6841540 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ބައިވރިވުމަށް އެދޭ ފޯމުގެ ލިންކް: https://forms.office.com/r/UdxEkLTdC4
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.