ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑައިރެކްޓަރ އޮފް އެޑްމިން އެން އެޗްއާރް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީނިއަރ މެނޭޖްމަންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
25,000 – 30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން . އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަންގެ މައި މަރުކަޒާއި އަދި ކޯޕަރޭޝަންގެ ސައިޓް އޮފީސްތަކުގައި ބޭނުންވާނޭ އެންމެހައި އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން.
- ކޯޕަރޭޝަންގެ ހުރިހާ ފަންތިއެއްގައިވެސް ޢަމަލު ކުރަން ޖެހޭ އިދާރީ ސިޔާސަތުތަކާއި، ހަމަތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުވުން.
- ކޯޕަރޭޝަންގެ މަސައްކަތްތައް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ އޮފީސް ސްޓްރަކްޗާރ ގާއިމުކޮށް ބެލެހެއްޓުން.
- އިދާރިގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުން. އޭގެ ތެރޭގައި ބައްދަލުވުންތައް ހަމަޖެއްސުމާއި، ތަރުޖަމާކުރުމާއި، އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެވޭނެ ފަދަ ޔުނިޓެއް ގާއިމެކޮށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުން.
- ފެންވަރު ރަނގަޅު އައި.ޓީ ޚިދުމަތެއް ފޯރުކޮށް ދިނުމާއެކު އައި.ޓީ ދާއިރާއިން ދިމާވެދާނެ މައްސަލަތައް ހައްލުކުރެވޭނެ ފެންވަރުގެ އޮނިގަނޑެއް އެކުލަވައިލުން. މިގޮތުން އަ.އި.ޓީ އާ ގުޅުންހުރި ސިޔާސަތުތަކާއި، މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުން.
- ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމުގައި ޢަމަލުކުރާނެ ސިޔާސަތުތަށް އެކުލަވައިލުމާއި، މުވައްޒަފުން ކޯޕަރޭޝަންގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމާއި، އަލަށް ކޯޕަރޭޝަންގެ މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.
- ކޯޕަރޭޝަންގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުން.
- މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް އެކުލަވައިލުމާއި، މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން މަސައްކަތުގައި ދެމިތިބުމަށް ބާރުއެޅުމަށް ޕްރޮގްރާމްތައް ހިންގުން.
- މުވައްޒަފުންނަށް މަސައްކަތު މާހައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ދިމާވާ މައްސަލަތަކަށް ކޯޕަރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ހޯދައިދިނުން.
- ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓުގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
- އެހެން ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުން.
- ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރް ޑިޕާޓްމަންޓް، ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމުކޮށްދިނުން.
- ކޯޕަރޭޝަންގެސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ފެންވަރާއި މަސައްކަތާއި ގުޅުން ހުރި ދާއިރާގެ ތަޖުރިބާ
- ވަޒީފާއާ ބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅުން ހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
|
- ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދުގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|