ބީލަން
ނަންބަރު: (IUL)306/306/2025/56
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 27 އޮގަސްޓް 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިދަންނަވާ ތަންތަން ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ކުނިކަހާ ސާފުކުރަންޖެހޭ ތަންތަން:

  • ޒިކުރާ މިސްކިތް
  • "ސޯމާ" ގެވަޅު
  • ޔޫތު ސެންޓަރު
  • އަންހެނުން ކޮމެޓީއަށް ދޫކުރެވިފައިވާ ބިން
  • ފެން ތާނގީތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު
  • ކުޑަކުދިންގެ ޕާކް

ކުނިކަހާ ސާފުކުރުމަށް އަގު ހުށަހަޅާނެ ގޮތް:

އަގު ހުށަހަޅާނީ މަތީގައި މިވާ ކޮންމެ ތަނަކަށް ވަކި ވަކިންނެވެ.

ކުނިކަހާ ސާފުކުރަން ހަވާލުކުރުމަށް ހަމަޖެހިފައިވާ ގޮތް:

ބީލަމުގައި އެންމެ ކުޑައަގު ހުށަހަޅާ ޝަރުތު ހަމަވާ ފަރާތަކަށް.

އަންދާސީ ހިސާބު ހުށަހަޅާ ފޯމް އާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. މިކައުންސިލުން މިކަމަށް ތައްޔާރުކޮށްފައިވާ އަގު ހުށަހަޅާ ފޯމް.
  2. ކުނިކަހާ ސާފުކުރަން ހުށައަޅާ ފަރާތުގެ ވޭތުވެދިޔަ 03 މަހުގެ ބޭންކް ސްޓޭޓްމެންޓް.
  3. އަމިއްލަ ފަރުދެއްނަމަ އައިޑީކާޑުގެ ކޮޕީ.
  4. ޖަމްޢިއްޔާއެއް، ކުންފުންޏެއް، އެންޖީއޯއެއްފަދަ ރަޖިސްޓަރޑް ބޮޑީއަކުން ހުށަހަޅުއްވާނަމަ، ރަޖިސްޓަރީގެ ކޮޕީ. (ދިވެހި ރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާން ވާނެއެވެ.)

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން:

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޮގަސްޓް 13 އިން 2024 އޮގަސްޓް 21 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް:

 

މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ފޯން:  6580049

   އީ-މެއިލް: [email protected]

 

ބީލަން ހުށަހެޅުމާއި ހުޅުވުން:

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 އޮގަސްޓް 27 ވާ ބުދަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮގަސްޓް 2025