މަސައްކަތް
ނަންބަރު: (IUL)30-C/1/2015/112
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 08 އޮކްޓޫބަރު 2015 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
50 އަހަރު ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމަށް އައި ބަދަލު ދައްކުވައިދޭ މިޔުޒިކަލެއް ތައްޔާރުކޮށްދިނުމަށް

އަންދާސީހިސާބު

މިމިނިސްޓްރީގެ ނަންބަރު 112/IUL)30-C/1/2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމަވެ. ވީމާ، މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ރަސްމީ ޖަލްސާގައި ދައްކާލުމަށްޓަކައި ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމަށް އައި ބަދަލު ދައްކުވައިދޭ މިޔުޒިކަލެއް ތައްޔާރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

13 އޮކްޓޫބަރު 2015 އަންގާރަ ދުވަހުގެ 10:00 އަށް

08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267/3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

04 އޮކްޓޫބަރު 2015