ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ގއ. މާމެންދޫ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަންރަޖިސްޓްރީ ކުރުމަށް 11 އޯގަސްޓް 2025 އިން 19 އޯގަސްޓް 2025 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ.
ބީލަން ރަޖިސްޓްރީ ފޯމް ލިންކް: Bealan Registration Form ( Security) - Google Forms
މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 12.00 ގައި މާމެންދޫ ސްކޫލުގައެވެ.
ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 24 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގައި މާމެންދޫ ސްކޫލުގައެވެ. ބީލަން ހުށަހަޅާ ފަރާތަކުން ބަދަލުގައި މީހަކު ފޮނުވާކަމުގައިވާނަމަ، ސިޓީއަކާ އެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑް ކޮޕީ އެއް ހުށަހަޅަންވާނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރައްވާ، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއްނޯންނާނެއެވެ.
11 އޯގަސްޓް 2025