ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/141/2025/121
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 19 އޮގަސްޓް 2025 13:00
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓެންޓް

                              އިޢުލާން

މަޤާމް:

ލީގަލް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް، ލީގަލް ޔުނިޓް

މަސައްކަތު ގަޑި:

ހެނދުނު 08:30 ން މެންދުރު 16:00 އަށް                                                 

މުސާރަ:

މަހަކު 25,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނާއި، ކުޅިވަރާބެހޭ ގަވާއިދުތަކާއި، އުޞޫލުތަކާ ގުޅޭ ގޮތުން ދިރާސާކުރުން.
  2. ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނާއި، ކުޅިވަރާބެހޭ ގަވާއިދުތަކާއި، އުޞޫލުތައް ތަޙުލީލުކޮށް، ބައިނަލްއަޤްވާމީ އޮނިގަނޑުތަކާ އަޅާކިޔާ، ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ޤާނޫނާއި، ކުޅިވަރާބެހޭ ގަވާއިދުތަކާއި، އުޞޫލުތަކުގައި ހުރި ފުށުއެރުންތަކާއި، އިޞްލާޙުކުރަންޖެހޭ ކަންތައްތަކާއި، އިތުރަށް ރަނގަޅުކުރެވެން ހުރި ކަންތައްތައް ފާހަގަކުރުން.
  3. ބައިނަލްއަޤްވާމީ ކުޅިވަރު ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި އުޞޫލުތަކަށް އަންނަ ބަދަލުތަކަށް އަޙުލުވެރިވެ، އޭގެން ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން މިވުޒާރާއަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  4. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ބިލުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބިލުތައް އެކުލަވާލުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
  5. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނެވުނު 1 ވަނަ އިސްލާޙާ ގުޅިގެން އެކުލަވާލަންޖެހޭ ޤަވާއިދު ތަކާއި އުޞޫލުތައް އެކުލަވާލުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ކުރުމާއި އަދި އެކުލަވާލުމަށް އެހީތެރެކަން ފޯރުކޮށްދިނުން.
  6. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
  7. ލީގަލް ޕޮލިސީތައް އެކުލަވާލުން
  8. މިނިސްޓްރީއިން ކުޅިވަރު އޯގަނައިޒޭޝަންތަކާއެކު އަދި ސްޓޭކްހޯލްޑަރުންނާއެކު އެކުލަވާލަންޖެހޭ އެއްބަސްވުންތަކާއި އެމް.އޯ.ޔޫތަކާއި އެހެނިހެން އެއްބަސްވުންތައް ޑްރާފްޓްކުރުން.
  9. ކުޅިވަރު އިދާރާތައް އެކަށީގެންވާ ގޮތެއްގައި ހިންގަމުންދާކަން ކަށަވަރުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް، ތައްޔާރުކުރުން.
  10. ކުޅިވަރާ ގުޅޭ ގޮތުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ޤާނޫނީ ވާޖިބުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނީ އިރުޝާދާއި ލަފާދިނުން.
  11. މިނިސްޓްރީން އަލަށް އެކުލަވާލަންޖެހޭ ބިލުތައް އަދި މިނިސްޓްރީން ތަންފީޛުކުރަމުންދާ ޤާނޫނުތަކާއި، ގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ޑްރާފްޓްކުރުން.
  12. މިނިސްޓްރީން އެކުލަވާލަންޖެހޭ އެއްބަސްވުންތަކާއި އެމް.އޯ.ޔޫ ތައް ޑްރާފްޓްކުރުން.
  13. މިނިސްޓްރީން ކޮމެންޓްކުރަންޖެހޭ ޤަނޫނީ ލިޔެކިޔުންތަކަށް ކޮމެންޓްކުރުން.
  14. މިނިސްޓްރީގެ ފަރާތުން ކެބިނެޓަށް ހުށަހަޅާ ކަރުދާސްތައް ތައްޔާރުކުރުމާއި އަދި މިނޫނަސް ޤާނޫނީ ގޮތުން ވަކިވަކި ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް ކަރުދާސް އެކުލަވާލުން.
  15. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ދެމެދު ވުމަށް ތައްޔާރު ކުރެވޭ "ބައިލެޓްރަލް" އަދި "މަލްޓިލެޓްރަލް" އެއްބަސްވުން/ޓްރީޓީ/އެމް.އޯ.ޔޫތައް ޑްރާފްޓްކުރުމާއި ކޮމެންޓްކުރުން.
  16. ޤާނުނީ ލިޔެކިޔުންތައް ދިވެހި ބަހާއި އިނގިރޭސި ބަހަށް ތަރުޖަމާކުރުން.
  17. ކުޅިވަރު އިދާރާތަކުގެ ތެރޭގައި ޤާނޫނީ ގޮތުން ތަބާވުމުގައި އެތެރޭގެ ނިޒާމުތައް އެކުލަވާލުމަށް އެހީތެރިވުން.
  18. ޤާނޫނުތަކާއި އަދި ގަވާއިދުތަކަށް އަމަލުކުރުމާ ބެހޭގޮތުން ސްޓޭކްހޯލްޑަރުންނަށް (ސަރުކާރުގެ އިދާރާތަކަށް، ފެޑެރޭޝަންތަކަށް، ކުޅިވަރު ޖަމިއްޔާތަކަށް) ލަފާދިނުން.
  19. ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި، އޮޕަރޭޝަންސް އަދި ގަވަރނަންސް  އިވެލުއޭޓްކޮށް، އޭގެ މައްޗަށް ބިނާކޮށް ރިސްކް މިޓިގޭޝަން ސްޓްރެޓެޖީތަކާ ބެހޭގޮތުން ލަފާދިނުން.

މަޤާމުގެ ޝަރުޠުތައް:

1.  ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ލޯ

 މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. ލޯ
  2. ޝަރީޢާ އެންޑް ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިންގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ އެކަން މި ސިޓީގައި ހިމަނަންވާނެއެވެ.)

 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ އަންގައިދޭ ރެފަރެންސް ޗެކް ފޯމު."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ރަމްރީނު %25
  • މަސައްކަތުގެ ތަޖުރިބާ %25
  • އިންޓަރވިއު %50
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ޕޮލިސީ ހެދުމާއި މެނޭޖްކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރުން.
  • އޮފީހުގެ އެސް. އޯ. ޕީ އެކުލަވާލުމުގައި ތަޖުރިބާ ހުރުން.
  • ދިވެހި އަދި އިނގިރޭސިބަހަށް ފަރިތަވުން.
  • ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން އީމެއިލް hr.recruitment@sports.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ، 20 އޮގަސްޓް 2025 އާއި 19 ސެޕްޓެމްބަރ 2025 އާ ދެމެދު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

ނޯޓް

  • މި މަޤާމަށް އިތުރުގަޑީގެ ފައިސާއެއް ކަނޑައެޅިފައެއް ނުވެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347471  ނުވަތަ  3347316 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

11 އޮގަސްޓް 2025