ބީލަން
ނަންބަރު: (IUL)372-A1/372/2025/44
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 13 އޮގަސްޓް 2025 13:30
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީބޯޅަ ކޯޗުގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް:

ނަންބަރު: (IUL)372-A1/372/2025/44

 

އިޢުލާން

ވޮލީބޯޅަ ކޯޗުގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް:

  

ފ. އަތޮޅު ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ވޮލީބޯޅަ ކޯޗިންގ ކޭމްޕުގެ ކޯޗްގެ ކެއުމުގެ އިންތިޒާމް، ދެ މަސް ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ, މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 13  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް އަގު ހުށަހެޅުމަށް ދަންނަވަމެވެ. އަގު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށްއެދި ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީކާޑު ކޮޕީގެ އިތުރުން ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާނީ އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ އަގުހުށަހަޅާ ފޯމް މެދުވެރިކޮންނެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   / [email protected] އަށެވެ.

 

‏17‏ ޞަފަރު‏ 1447

‏11‏ އޮގަސްޓް‏ 2025

 

11 އޮގަސްޓް 2025