ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2025/118A
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ޕީކް ހޭންޑްލިންގ 2026 އަށް ބޭނުންވާ 2000kVA ގެ 01 ސްޓެޕްއަޕް ޓްރާންސްފޯމަރ، 3000kVA ގެ 06 ސްޓެޕްއަޕް ޓްރާންސްފޯމަރާއި އެއާ ގުޅޭ ސާމާނު ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2025/118 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް މާކެޓް އަގުތަކަށް ވުރެ ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 5000 USD (ފަސްހާސް) ޔޫ.އެސް. ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ. H/IUL/2025/118 ނަންބަރު އިޢުލާނާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަންނާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީ-މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަށްވާ ފައިސާ ރިފަންޑް ނުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
12 އޮގަސްޓް 2025 އިން 26 އޮގަސްޓް 2025 އަށް |
09:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
12 އޮގަސްޓް 2025 އިން 26 އޮގަސްޓް 2025 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
27 އޮގަސްޓް 2025 (ބުދަ) |
10:00 ގައި |
އަގު ހުށަހެޅުން |
01 ސެޕްޓެންބަރު 2025 (ހޯމަ) |
10:00 ގައި |
މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިޔަށްގެންދާނެ މަސައްކަތެކެވެ.
މި މަސައްކަތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޓެކްނިކަލް އަދި ފައިނެންޝަލް އިވެލުއޭޝަންއަށް ކޮލިފައި ވާނީ އަންނަނިވި ޝަރުތުތައް ހަމަވާ ޕްރޮޕޯސަލްތަކެވެ.
- އޭޑްވާންސް ގެ ގޮތުގައި ފައިސާ ދައްކަންނުޖެހުން.
- ޕޭމަންޓް ގެރަންޓީ އަދި ކްރެޑިޓް ގަރެންޓީ ހުށައަޅަން ނުޖެހުން.
- މަސައްކަތަށް ފައިސާ ދައްކަން ޖެހޭނީ ދިވެހި ރުފިޔާ (MVR) އިން ކަމުގައި ވުން.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 USD (ދިހަ ހާސް) ޔޫ.އެސް. ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާ ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ ބީލަން ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
17 ޞަފަރު 1447
11 އޮގަސްޓް 2025
ނޯޓް:
- މި އިއުލާނަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބާޠިލު ކުރެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބީލަން ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބީލަން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338123 / 3338152 / 3034671 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.