ދިވެހިރާއްޖެ
އިޢުލާން
ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ބިންދޫކުރުން |
ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ކުއްޔަދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް
ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން (އަކަފޫޓް) |
ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު |
ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން |
ކުއްޔަށް ދޫކުރާ ތަނުގެ ނަން |
# |
2000 އަކަފޫޓް |
އަކަފޫޓަކަށް 0.15 ލާރި |
ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމާއި މަސްބަންދުކުރުމުގެ މަސައްކަތް |
ބިން 1،2،3 |
1 |
ވީމާ، ދެންނެވުނު ބިންތައް ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ފޯމް ހުށަހެޅުމަށް ދެންނެވީމެވެ.
ބީލާމުގައި ރަޖިސްޓްރީވުން:
- ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި ތިރީގައި މިވާ ލިންކް މެދުވެރިކޮށް " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރަންވާނެއެވެ.
- ފޯމް ލިންކް: https://forms.gle/MNZVKjNrL7PASWd88
- ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 އޯގަސްޓް 2025 ވާ (ހޯމަ) ދުވަހުން ފެށިގެން 18 އޮގަސްޓް 2025 (ހޯމަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00އަށް ކައުންސިލް އިދާރާއިންނެވެ. މި މުއްދަތުގެ ތެރޭގައި ގޫގުލް ފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުއްވާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ބިޑު ފޯމް މިއިޢުލާނާއި ގުޅިގެން ބިޑް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުން:
- ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 21 އޮގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލްއެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ފޯމާއި ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
ޕްރޮޕޯސަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަމްބަރާއި ކޮންކަމަކަށް ހުށަހަޅާ ޕްރޮޕޯސަލްއެއްކަން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.
17 ޞަފަރު 1447
11 އޮގަސްޓް 2025