މަސައްކަތް
ނަންބަރު: 335/2015/95
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 08 އޮކްޓޫބަރު 2015 10:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑެތި މަގުތަކާއި ފެންހެދޭ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށް، އަދި ރުއްތައް ކަނޑަންޖެހޭ މަގުތަކުން ރުއްތައް ކަނޑައި، މަގު އެއްވަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މިރަށުގެ ބޮޑެތި މަގުތަކާއި ފެންހެދޭ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށް، އަދި ރުއްތައް ކަނޑަންޖެހޭ މަގުތަކުން ރުއްތައް ކަނޑައި، މަގު އެއްވަރުކޮށްދިނުމުގެ މަސައްކަތް ހެވީލޯޑް މެޝިނަރީ ބޭނުންކޮށްގެން ނުވަތަ ކުއްޔަށް ދޭގޮތަށް އެކަން ކުރެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު މިއިދާރާގެ މެއިލް މެދުވެރިކޮށް ގަޑިއަށް ހުށަހެޅުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

15 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015