މަސައްކަތް
ނަންބަރު: 170-B/I/2015/72
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 12 އޮކްޓޫބަރު 2015 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއްތަންތަން މަރާމާތުކޮށް ބަދަލު ގެނައުން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިޔުނިވަރސިޓީ އިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއް ތަންތަން މަރާމާތުކޮށް ބަދަލު ގެނައުން.

މި ޔުނިވަރސިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މިޔުނިވަރސިޓީ ހިންގާ ޢިމާރާތުގެ އެތެރެއާއި ބޭރުގެ ބައެއް ތަންތަން މަރާމާތުކޮށް ބަދަލުތައް ގެންނަން ބޭނުންވެއްޖެއެވެ.

ވީމާ، މި ޔުނިވަރސިޓީން ދައްކާ ނަމޫނާއާ އެއްގޮތަށް މިމަސައްކަތް ކޮށްދެއްވުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

12 އޮކްޓޫބަރު 2015

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން

18 އޮކްޓޫބަރު 2015

އާދީއްތަ

10:30

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3321295 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015