ދިވެހިރާއްޖެ
ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ގަބުރުސްތާނު އެތެރެ އާއި ބޭރު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން/ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑާއި، ކާޑުގެ ކޮޕީ އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 6540042 ށް ގުޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.