މަސައްކަތް
ނަންބަރު: B-338/2015/59
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި:
12 އޮކްޓޫބަރު 2015 10:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ތަކެތި ގަނެ އިންސްޓޯލް ކުރާނެ ފަރާތެއް ހޯދުމާބެހޭ
މިރަށު ކުޑަކުދިންގެ ޕާކެއް ހެދުމަށް މިކައުންސިލްގެ ނަންބަރު Y)U-4/2014/01-06)ފ(12 އޮގަސްޓު 2015) ވަނަ ޖަލްސާއިން ވަނީ ނިންމަވާފައެވެ. އެހެންކަމުން ޕާކަށް ބޭނުންވާ ބައެއް ތަކެތި ގަނެ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 12 ވާ ހޯމަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އެނޫން ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ޛުލްޙިއްޖާ 1436
01 އޮކްޓޫބަރު 2015