މަސައްކަތް
ނަންބަރު: (IUL)GS-10/INDIV/2015/27
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 11 އޮކްޓޫބަރު 2015 13:00
އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތެއް ކުރާނެ ފަރާތެއް ހޯދުން

މިމަރުކަޒުގައި 6 ކްލާސްރޫމް ގެ 2 ބުރި ޢިމާރާތެއް ކުރާނެ ފަރާތެއް ހޯދުން:

މިމަރުކަޒުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތް، އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް މިމަރުކަޒުން ކުރި ނަންބަރު: IUL)GS-10/INDIV/2015/25)ފ(01 ސެޕްޓެންބަރު 2015) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅަން އިޢުލާން ކުރެވުނު ތާރީޚު ރަސްމީ ބަންދު ދުވަހަކަށްވުމުން މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާމެދު އޮޅުން އަރާފައިވާކަމަށް ފާހަގަ ކުރެވިފައިވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަރުކަޒުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތް، އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގައި މިމަރުކަޒުގެ ކޮމްޕިއުޓަރ ލެބް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

މަޢުލޫމާތު ސާފުކުރުން

11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00

ޕްރީބިޑް މީޓިންގ

13 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:00

ޕްރީބިޑް މީޓިންގ އާ ގުޅިގެން މަޢުލޫމާތު ދިނުން

15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

އަންދާސީހިސާބު ހުޅަހެޅުން

20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680024 ނަންބަރު ފޯނާއެވެ.

17 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015