ދިވެހިރާއްޖެ
ތ.މަޑިފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތީގެ ވަށާފާރު އަދި ޕޯޓިކޯގެ ކުރިމަތީގައި ގާ އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: N-11-C/2015/11 އިޢުލާނާ ގުޅިގެން ޝަރުޠު ފުރިހަމަވާ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 އޮކްޓޫބަރު 2015 ދުވަހުގެ 13:00 އަށް ތ.މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޮކްޓޫބަރު 2015 ދުވަހުގެ 13:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
17 ޛުލްޙިއްޖާ 1436