މަސައްކަތް
ނަންބަރު: (IUL)420-PM/420/2025/34
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 17 އޮގަސްޓް 2025 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ މަގުބައްތި ތަކުގައި ހަރުކުރުމަށް ބޭނުންވާ 14 މީޓަރު ފޮށި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

ގދ ރަތަފަންދޫ މަގުބައްތިތަކުގައި ހަރުކުރުމަށް ބޭނުންވާ 14 މީޓަރ ފޮށި  ދީފައިވާ މައުލޫމާތާ އެއްގޮތަށް  ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ރަތަފަންދޫ  މަގުބައްތި ތަކުގައި ހަރުކުރުމަށް ބޭނުންވާ 14 މީޓަރު ފޮށިތަކުގައި ހުނަންޖެހޭ ސާމަންތަކުގެ ތަފްސީލް  މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

 

 ނަން ނޯޓް ކުރުން/

 ރަޖިސްޓްރޭޝަން

          ·           ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިންކުގައި   ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ   ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.

          ·           ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ -/250 (ދުއިސައްތަ)   ރުފިޔާއަށެވެ.

          ·            ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި   އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް   ފޯރުކޮށްދެވޭނެއެވެ.

 

      ބޭންކް:                     ބޭންކް އޮފް މޯލްޑިވްސް

      ބޭންކް އެކައުންޓްގެ ނަން:          1471 ރެވެނިއު 1

      އެކައުންޓް ނަންބަރ:           001 700301 7710

      ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު:  7633734، 7430889 

 

 ޕްރީބިޑް މީޓިންގ /

 މަޢުލޫމާތު

 ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ގދ. ރަތަފަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

 ބިޑް (އަންދާސީ

 ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 17 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ގދ.ރަތަފަންދޫ ކައުންސިލް އިދާރާގެ ލޮބީގައިއެވެ.
  • ބިޑް /ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ކޮންމެ އައިޓަމަކަށް ވަކިވަކިން އަގު ހުށަހަޅަންވާނެއެވެ. މި ފޯމް ބީލަން ފޮތާއިއެކު ލިބިވަޑައިގަންނަވާނެއެވެ.
  • ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

  • އެކަށީގެންވާ އަދަދަށް ބިޑް ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ގދ. ރަތަފަންދޫ  ކައުންސިލަށް ލިބިގެން ވެއެވެ.
  • ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
  • ގދ. ރަތަފަންދޫ، ދިވެހިރާއްޖެ،
  • ފޯން:  6840016 ނުވަތަ 6841625  (ރަސްމީ ގަޑީގައި)
  • އީމެއިލް: [email protected]

 

               ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 އޮގަސްޓް 2025