ދިވެހިރާއްޖެ
ހއ.ވަށަފަރު ސުކޫލުން ދޭ މައުލޫމާތާއި އެއްގޮތަށް، މިސްކޫލުގެ އޭވީ ރޫމް ޢިމާރާތުގެ ސީލިންގް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެންކުރި ނަންބަރ GS-81/IUL/2025/12 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަން ހުށައަޅަން ރަޖިސްޓްރީކުރަންވާނީ ސްކޫލުގެ އީމެއިލް ([email protected]) އަށް މެއިލްކޮށްގެންނެވެ. (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި، އިޢުލާން ނަންބަރ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަންވާނެއެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުމަށް މެއިލް ފޮނުވަންޖެހޭ މުއްދަތަކީ މިއިޢުލާން ގެޒެޓްކުރާ ވަގުތުން ފެށިގެން 2025 އޮގަސްޓް 14 ވަނަ ދުވަހުގެ 10:00 އަށެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއިގުޅޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 އޮގަސްޓް 18 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ސްކޫލް އޮފީހުގައެވެ.
މިކަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވަށަފަރު ސްކޫލް
ހއ.ވަށަފަރު ، ދިވެހިރާއްޖެ
ފޯން: 7972090
އީމެއިލް: [email protected]