ދިވެހިރާއްޖެ
އިޢުލާން
ކޯޓުގައި ހުރި ބައުތަކެތި ނީލަންކިޔުން
މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 18 އޯގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 19 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 19 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
| 
 ނީލަން ނަމްބަރު  | 
 ޢަދަދު  | 
 ތަފްޞީލް  | 
 ނީލަންފެށޭ އަގު (ރުފިޔާ)  | 
 ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ)  | 
| 
 1  | 
 1  | 
 އެއަރކޮންޑިޝަނަރ  | 
 660.00  | 
 66.00  | 
| 
 2  | 
 1  | 
 ސިންކް  | 
 50.00  | 
 5.00  | 
16 ޞަފަރު 1447
10 އޯގަސްޓް 2025