ޢާންމު މަޢުލޫމާތު
                	
                ނަންބަރު: B3C-A/2025/29
                    ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2025
                    ޕަބްލިޝްކުރި ގަޑި:  12:42
                    
                ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން.
                                އިޢުލާން
ކާވެނި ކޮށްދިނުމަށްއެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން.
15 މާރިޗު 2025 ގެ ފަހުން މިކޯޓުގައި ބޭނުންކުރަމުން އަންނަ "ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" އާ އެކު ތެލެސީމިއާ ކާޑު ހުށަހަޅަން ޖެހޭނެ ކަމަށް ފޯމުގައި ފާހަގަކުރެވިފައި ވީނަމަވެސް މިކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ ފޯމު ހުށަހަޅުއްވަމުން ގެންދަވާތީ ، ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަން ޖެހޭނެކަމަށާއި ، ތެލެސީމިއާ ކާޑު ހުށަނާޅާ ނަމަ ކާވެނި ކޮށްދިނުމަށްއެދި ހުށަހަޅާ ފޯމު ބަލައިނުގަތުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޞަފަރު 1447
10 އޯގަސްޓް 2025
                10 އޮގަސްޓް 2025