ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2025/79
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 13 އޮގަސްޓް 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކެރަމް މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

            މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަ ކޮށް ފާހަނގަ ކުރުމުގެ ގޮތުން މަޑަވެލި ކައުންސިލާއި މަޑަވެލި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގުޅިގެން "ކެރަމް މުބާރާތް 2025"  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ހަމަޖެހިފައިވަނީ 15 އޯގަސްޓް 2025 ވާ ހުކުރު ދުވަހު މަޑަވެލި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގައެވެ.

 

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތައް ތިރީގައިއެވަނީއެވެ.

 

(ހ) 1 ވަނައަށް ހޮވޭ ޓީމަކަށް -/2000ރ (ދެހާސް ރުފިޔާ) ފައިސާގެ އިނާމް

(ށ) 2 ވަނައަށް ހޮވޭ ޓީމަކަށް -/1000ރ (އެއްހާސް ރުފިޔާ) ފައިސާގެ އިނާމް

 

          ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް 13 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ [email protected] އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްކަރުދާސް ކޮށްފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 އޮގަސްޓް 2025