ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ، ކުޅުދޫ އަވަށު ހަރަހެރި-2 އެކަމަޑޭޝަން ނިދާ ކައިބޮއެ ހަދާ ތަނެއްގެ ގޮތުގައި ބޭނުންކުރުމަށް (ދިރިއުޅުމަށް)، ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
މިއެކަމަޑޭޝަން ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 19 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން އަގުބަޔާންކޮށް ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ކުއްޔަށް ނަގާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
މި ބްލޮކްގެ މިބައި ހިމެނެނީ 2 ކޮޓަރި އާއި ފާޚާނާ އަދި ބަދިގެއާއި ސީޓިންގް ރޫމްއެކެވެ. މިތަނުގައި ބޭނުން ކުރާނެ ފަރުނީޗަރާއި ހިފާ ގެންގުޅޭނެ އެހެނިހެން ވަޞީލަތްތައް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
ކުއްޔަށް ދިނުމުގައި ހުށަހަޅާ އަގާއި މުއްދަތުގެ އިތުރުން، ތަނުގައި ކުރަންހުރި މަރާމަތުތަކާއި ތަނުގެ އާބާތުރަ ފިލުވާދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުއްޔަށް ދޭނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ ގޮތް :
އަގަށް: މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ ބޮޑު ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެއްމެ ގިނަމާކްސް ލިބޭނީ އެއްމެ ބޮޑު އަގު ހުށަހެޅި ފަރާތަކަށެވެ. ކުލީގެ ގޮތުގައި ހުށަހަޅަންވާނީ މަހަކަށް ޖެހޭވަރެވެ. އަދި ކުލީގެ ޖުމުލައާއި އަހަރަކަށް އެވްރެޖް ޖެހޭނެވަރު އެނގޭގޮތަށް ބަޔާންކޮށްފައެވެ. |
50% |
މުއްދަތަށް: މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެއްމެ ދިގު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މިގޮތުން އެއްމެ ގިނަ މާކްސް ލިބޭނީ އެއްމެ ދިގު މުއްދަތަކަށެވެ. (އެންމެ ދިގު މުއްދަތެއްގެ ގޮތުގައި އިމާރާތް ކުއްޔަށް ދޫކުރެވޭނީ 35 އަހަރަށެވެ) |
20% |
މަރާމާތަށް: މަރާމާތުގެ ގޮތުގައި އެކަމަޑޭޝަން ބްލޮކްގެ އާބާތުރަ ފިލުވުމުގެ (އެގޮތުން، އޭސީ ހަރުކުރުމާއި، ކަރަންޓް ވިއުގަ މަރާމާތު ކުރުމާއި، ފަންކަތައް ބަދަލުކުރުމާއި، މުޅި ބްލޮކުގައި ކުލަލުމާއި ފަރުނީޗަރުގެ ގޮތުގައި ބޭނުންކުރާނެ ކަބަޑުސެޓާއި އެނދާއި، ބަދިގޭގައި ބޭނުންކުރާ އެންމެހާ ސާމާނު ހަމަކުރުން ހިމެނެއެވެ). މަސައްކަތަށް ޚަރަދުކުރާނެ މިންވަރު އަދި ކުރާނެ މަސައްކަތްތައް އެނގޭނެ ލިޔުން ހުށައަޅަންވާނެއެވެ. |
30% |
ޖުމްލަ: |
100% |
އިތުރު މަޢުލޫމާތު: |
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޞަފަރު 1447
08 އޮގަސްޓް 2025