ބީލަން
ނަންބަރު: (IUL)425-A2/1/2025/174
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 20:48
ސުންގަޑި: 21 އޮގަސްޓް 2025 09:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ބޭނުންވާ ސޭފްޓީ ޝޫޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ،

މިއިދާރާގެ ފަރާތުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބިދޭސީ މުވައްޒަފުން ބޭނުންކުރުމަށް ބޭނުންވާ ސޭފްޓީ ޝޫޒް (މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސައިޒުގެ) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް އާންމު ޚިދުމަތްތަކާބެހޭބައި / މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު / މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

07 އޮގަސްޓް 2025