ވަޒީފާގެ ފުރުޞަތު
ނަންބަރު: DHAH/2015/19
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 12 އޮކްޓޫބަރު 2015 14:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ދ. މާއެނބޫދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އޯ.ޕީ.ޑީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ދ. މާއެނބޫދޫ ޞިއްޙީމަރުކަޒު / ދ. މާއެނބޫދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރެޖިސްޓްރީކޮށް ނަންބަރު ދޫކޮށް ރެކޯރޑް ބެލެހެއްޓުން.
  • ޑިއުޓީ ނިންމުމުގެ ކުރިން ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުތަކާއި، އެހެނިހެން މިފަދަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުން.
  • މަރުކަޒުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމާއި، އަދި ޚިދުމަތުގެ މަގު ދައްކައިދިނުން.
  • ކޮންސަލްޓޭޝަން ރޫމްތަކުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރުން.
  • މަރުކަޒުގައި އަގުނަގާ ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ ބަލައިގަނެ ދުވަހުން ދުވަހަށް ބަޖެޓާއި ޙަވާލުކުރުން.
  • އާސަންދައިގެ ދަށުން ބަލިމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާއި، އާސަންދައިގެ ދަށުން މަރުކަޒުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • މީގެ އިތުރުން މަރުކަޒުގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީސް މަސައްކަތް)

ތަޢުލީމާއި ތަޖުރިބާ

 

 

 

 

  • ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން،ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން،ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ދ. މާއެނބޫދޫ ޞިއްޙީމަރުކަޒު / ދ. މާއެނބޫދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަރުކަޒުން ސަރުކާރުގެ އެހެން އިދާރާތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ޙަވާލުކުރުން.
  • މަރުކަޒުގެ އިމާރާތް އަދި ގޯތިތެރެ ހިމެނޭ ސަރަހައްދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  • މަރުކަޒުގެ ރަސްމީ ދިދަ (ޤައުމީ ދިދަ) ނަގައި ތިރިކުރުން.
  • މަރުކަޒުގެ ބަޖެޓުން ތަކެތި ހޯދަންޖެހޭ ހާލަތްތަކުގައި ފިހާރަތަކަށް ގޮސް އަގުބެލުމުގެ މަސައްކަތްކޮށް ތަކެތި ގަތުމުގައި އެހީތެރިވެދިނުން.
  • މަރުކަޒަށް މާލެ އަދި އަތޮޅު ތެރެއިން ގެންނަ ތަކެތި އުފުލުމުގައި އެހީތެރިވުން.
  • މަރުކަޒުގެ ގޯތި ތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ ވިނަނޮޅައި ސާފުކުރުން.
  • މީގެ އިތުރުން މަރުކަޒުގެ ވެރިންނާއި އަދި އިސްމުވައްޒަފުން އަންގާ މަސައްކަތް ކުރުން (އޮފީސް މަސައްކަތް)

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ޢިނާޔަތްތައް

ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސް.

ހުށައަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު ދ. މާއެނބޫދޫ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ). މީގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށައަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަނޑި

12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދ. މާއެނބޫދޫ ޞިއްޙީމަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

15 އޮކްޓޫބަރު 2015 ން 31 އޮކްޓޫބަރު 2015 އާ ދެމެދު ދ. މާއެނބޫދޫ ޞިއްޙީމަރުކަޒުގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6760645 ،6760087 އެވެ. ވަޒީފާއަށް އެދޭ ފޯމު ދ. މާއެނބޫދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ                

18 ޛުލްޙިއްޖާ 1436  

01 އޮކްޓޫބަރު 2015