ދިވެހިރާއްޖެ
އިޢުލާން
އިސްރަށްވެހިންގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލުން.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޤަވާއިދު ނަންބަރު 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޙާއްޞަ ލައިސެންސް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ވާ ގޮތުގެ މަތިން ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާތީ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އާ ދެމެދު ހަނިމާދޫ ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ ކައުންސިލްގެ ނަންބަރު 4002064 އަށް ގުޅުއްވައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް ކައުންސިލަށް ދުރުވާ ބޭފުޅުން، އެބޭފުޅެއްގެ އައިޑީ ކާޑު ހިފައިގެން ދުރުވުމަށް ދަންނަވަމެވެ.
މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ، 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.