ބީލަން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 11 އޮގަސްޓް 2025 11:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ކޯޕަރޭޓް ގިފްޓްސް އަދި 2026 ވަނަ އަހަރުގެ ކަލެންޑަރ ފަރުމާކޮށް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދުން

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީގެ ކޯޕަރޭޓް ގިފްޓްސް އަދި 2026 ވަނަ އަހަރުގެ ކަލެންޑަރ ފަރުމާކޮށް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

11 އޮގަސްޓް 2025

11:00

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ

އަގު ހުށައެޅުން

14 އޮގަސްޓް 2025

11:00

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތު:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/5،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މިއިއުލާން އާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

07 އޮގަސްޓް 2025