ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/164
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 10 އޮގަސްޓް 2025 10:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން

އިޢުލާން

    ރައްޔިތުންނާ ބައްދަލުކުރުން

       ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ސިޓީ ކައުންސިލުން ދެމުންދާ އެކިއެކި ޚިދުމަތްތަކަށް ނެގޭ އިދާރީ ފީ އާގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

       ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ތިނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

07 އޮގަސްޓް 2025