ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2015/97
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 12 އޮކްޓޫބަރު 2015 00:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސީނިއަރ މޮނިޓަރިންގ އޮފިސަރ

މަޤާމު

ސީނިއަރ މޮނިޓަރިންގ އޮފިސަރ

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

MS 3

ސަރވިސް

ޓެކްނިކަލް ސަރވިސް

ސެކްޝަން/ޑިޕާޓްމަންޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  1. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  2. މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 11,497/25 ރުފިޔާ ލިބޭނެއެވެ.
  3. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢުލީމާއި ތަޖުރިބާ

ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • އެޑްމިނިސްޓްރޭޝަން ޔުނިޓްގެ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްއިން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިޖްތިމާޢީ ހަރަކާތްތަކުގެ ކަންކަން ވިލަރެސްކުރުމާއި އެމް.އެން.ޑީ.އެފް އަދި މިނިސްޓްރީން ރާވާ، މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ކަންކަން ހިންގާ ބެލެހެއްޓުން.
  • މިނިސްޓްރީގެ އިދާރީ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި މިނިސްޓްރީއާގުޅޭ ޚަބަރުތައް ލިޔެ ތައްޔާރުކުރުމާއި އަހަރީ ރިޕޯޓު ލިޔުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު)އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތާއި ކުރިމަސައްކަތް އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ އަދި މަސައްކަތުގެ އަޚްލާޤު
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  • ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މައުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މިމަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 18 އޮކްޓޫބަރު 2015 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. މީގެ އިތުރުން ލީގަލް އޮފިސަރ މަޤާމުގެ ވަޒީފާއަށް އެދޭ ފަރާތްތަކަށް ބާއްވާ ޕްރެކްޓިކަލްސް އާއި ޕްރެޒެންޓޭޝަންވެސް މިތާރީޚުން ފެށިގެން ކުރިއަށް ދާނެއެވެ.

ނޯޓް: މިވަޒީފާތަކަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭތަން

މި މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

15 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015