ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ފެޑް ސެންޓަރުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)30-MA2/30/2025/134 (29 ޖުލައި 2025) އިޢުލާނާ ގުޅިގެން ކުރިއަށް ގެންދިޔަ ނީލަމުގައި އެއްވެސް ފަރާތަކުން ބައެއް ތަކެތި ނަންގަވާފައި ނުވާތީ އަލުން އެ ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. އެތަކެތީގެ ނީލަމުގެ ތަފްޞީލު ތިރީގައި ދަންނަވާފައި އެވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާތަން : ފެޑް ސެންޓަރ (ހުޅުމާލެ ސިނާޢީ ސަރަހައްދު)
- ނީލަން ކިޔާ ތަކެތި ދެއްކުން: 11 އޯގަސްޓް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3339255, 3339425
މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު (އަގާއެކު) އެއް ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.
ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ނީލަމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އަންގައި އިޢުލާންކުރީމެވެ.