މަޤާމުގެ ޝަރުޠު:
|
- ތަޖުރިބާއާއެކު ޑިޕްލޮމާ އެއް މަސައްކަތުގެ ދާއިރާއިން ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހު ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރައިނިންގ އާއެކު) ލިބިފައިވުން.
- ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
- ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑް އަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަރވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
- މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަން ތަކުން ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ލެޕްޓޮޕްތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ނެޓްވޯކް ޕްރިންޓަރުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ލޭޒާ ޕްރިންޓަރުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ޑެސްކްޓޮޕް، އެޗް. ޕީ ޕްރިންޓަރުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ސްކޭނަރ ތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
- ޕެޗުކޭބަލެއް ސްވިޗެއް، ޕޭސްޕްލެޓެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ރަނގަޅުކުރުން.
- ޚާއްޞަ ސޮފްޓްވެއަރއެއް އަޅާފައި ހުންނަ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަ ހައްލުކުރުން.
- ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކޝަންކުރުން.
- ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
- ފެކަލްޓީގެ އެތެރޭގެ ނެޓުވާރކަށް ދިމާވާ މައްސަލަ ރަނގަޅުކުރުމާއި ފެކަލްޓީގެ އެތެރޭގެ ތަނަކަށް ނެޓްވާރކް ޕޮއިންޓެއް އަޅަންޖެހިއްޖެ ޙާލަތްތަކުގައި އެޅުން.
- މެއިން ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ ޔުނިވަރސިޓީގެ އައިޓީ ސެކްޝަނާ ގުޅިގެން އެކަމެއް ރަނގަޅުކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|