| 
 މަޤާމު 
 | 
 އެސިސްޓެންޓް މެއިންޓަނެންސް އޮފިސަރ 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް: ޖީ.އެސް 3 
 | 
| 
 މުސާރަ 
 | 
 މަހަކު -/4465 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 ވަޒީފާ އޮތް ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ބ. އަތޮޅު ހޮސްޕިޓަލާއި، އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ތިރީގައިމިވާ ކަންތައްތައް ބެލެހެއްޓުން.
 
- ބ.އަތޮޅު ހޮސްޕިޓަލާއި، އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިމާވާ މަރާމާތުގެ ކަންތައްތައް ބަލައި އެކަންކަން ޙައްލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
 
- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުން.
 
- ފަރުނީޗަރ އަދި މެޝިނަރީއާއި، އިކްވިޕްމަންޓްސް، ސްޓޭންޑްބައި ޖަނަރޭޓަރގެ ކަންތައްތަކުގެ މެއިންޓެނެންސް ކަންތައްތައް ބެލެހެއްޓުން
 
- ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ނީލަން ކިޔަންޖެހޭ ތަކެއްޗާއިބެހޭ ކަންތައްތައް ކުރުން
 
- ހޮސްޕިޓަލުގައި ހިފާ ގެނގުޅޭ ތަކެއްޗާއި، މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު ކަންތައްތައް ބެލެހެއްޓުން
 
- މީގެ އިތުރުން ހޮސްޕިޓަލުގެ ތެރޭގައި ކުރަންޖެހޭ ބައެއް ކަހަލަ ކުދިކުދި މަރާމާތުގެ ކަންތައްތައް ޙައްލުކުރަން އެގުން.
 
 
 | 
| 
 ތައުލީމާއި ތަޖުރިބާ 
 | 
- ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖީނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް '4' ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،
 
- ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖީނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
 
- ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖީނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް '5' ގެ ސަނަދެއް ހާސިލު ކޮށްފައިވުން ނުވަތަ
 
- ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖީނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް '4' ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން  ނުވަތަ
 
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
 
 | 
| 
 މަޤާމު 
 | 
 ތަރުޖަމާނު 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް:   ޖީ.އެސް 3 
 | 
| 
 މުސާރަ 
 | 
 މަހަކު -/4465 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 ވަޒީފާ އޮތް ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
  
 | 
- ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމްތައް ޗެކްކޮށް އެތަންތަނުން މަދުވާ ތަކެތި ބަލިމީހުން ބަލަންފެށުމުގެ ކުރިން ހަމަކުރުން
 
- ބަލިމީހާ ބުނާއެއްޗެއް އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސިބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި ޑޮކްޓަރ ދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެ ފުރިހަމަގޮތުގައި ބަލިމީހާއަށް ދިވެހިބަހުން ބުނެދިނުން.
 
- ބަލިމީހާގެ މަޢުލޫމާތުތައް ރަނގަޅަށް ޗެކްކޮށް ރަޖިސްޓްރީކުރުން
 
- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، ހަމަހަމަކަމާއެކު ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ޙިދުމަތްދިނުމަށް މަސައްކަތްކުރުން.
 
- އާސަންދަ ޕޭޝަންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ޙިދުމަތްދީ، މަޢުލޫމާތުތައް ޗެކްކުރުން
 
- ބަލިމީހުން ރިފަކުރާއިރު އޯ ޕީ ޑީ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންޕޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒިނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންޕޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
 
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
 
 | 
| 
 މަޤާމު 
 | 
 ލެބޯރެޓަރީ އެސިސްޓެންޓް 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް:  ޖީ.އެސް 3 
 | 
| 
 މުސާރަ 
 | 
 މަހަކު -/4465 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 ވަޒީފާ އޮތް ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ލެބޯޓްރީގެ އެންމެހާ ރެކޯޑްސްތައްލިޔެ ބެލެހެއްޓުން.
 
- ލެބޯޓްރީގައި ބޭނުންކުރާ އިކްވިޕްނަމްޓްސް، ކެމިކަލްސް ފަދަތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
 
- ސްޓޮކުން މަދުވާ ކެމިކަލްސް ލެބޯޓްރީ ޓެކްނީޝަންގެ ލަފާގެމަތިން ހޯދުމަށް މަސައްކަތްކުރުން
 
- ލެބޯޓްރީއާބެހޭ ރިޕޯޓްތައް ޓެކްނީޝަންގެ ލަފައާއެކު ގަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 
- ލެބޯޓްރީ ޓެސްޓުތަކުގެ ނަތީޖާސްލިޕްތައް ދޫކުރުން
 
  | 
| 
 ތަޢުލީމާއި ތަޖުރިބާ 
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 
  | 
| 
 ވަޒީފާއަށް އެދޭ އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
 
  | 
| 
 އިނާޔަތްތައް 
  
 | 
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
  
  
  
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ބ.އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްގެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތް ކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާ އަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް. (އެކްރިޑިއޭޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
  | 
| 
 ސުންގަޑި 
 | 
 07 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލަށް 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން 
 | 
 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ބ.އަތޮޅު ހޮސްޕިޓަލް ގައި 
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓްކުރެވިގެންހޮވޭ 10 ފަރާތަށެވެ. 
 | 
| 
 އިތުރުމައުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރެއްވުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. 
 |