ކުއްޔަށް ދިނުން
ނަންބަރު: (IUL)247-MS/247/2025/75
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 14 އޮގަސްޓް 2025 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ "ކޮއި ޕާކް" ގެ ފުޑްކިއޮސްކް ކުއްޔަށް ދޫކުރުން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

         ހޯރަފުށީ ކައުންސިލުން ތަރައްޤީކޮށްފައިވާ "ކޮއި ޕާކު" ގައި ހަދަންފަށާފައިހުރި ފުޑްކިއޮސްކް 20 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި ދެންނެވި ފުޑްކިއޮސްކް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމާ އެތަނުގައި ޚިދުމަތް ދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          ބީލަން ފޮތް އަދި ބިމުގެ ކުރެހުމާއެކު ކަމާގުޅޭ އެހެނިހެން ކުރެހުންތައް (ސްޓަކްޗަރަލް ޑްރޯވިން، ސާރވިސް ޑްރޯވިން، އަދި ސްޕެސިފިކޭޝަން) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

12 އޮގަސްޓް 2025

އަންގާރަ

11:00 (ހެނދުނު)

ބީލަން ހުށަހެޅުން

14 އޮގަސްޓް 2025

ބުރާސްފަތި

13:00 (މެންދުރުފަހު)

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ގޫގުލްފޯމް ލިންކް:

https://forms.office.com/r/rVhAtQyJMf

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 އޮގަސްޓް 2025