ދިވެހިރާއްޖެ
އިޢުލާން
ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމާއިބެހޭ
މިރަށު ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިން ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 14 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކ.ގުޅީ ކައުންސިލް އިދާރާ |
11 އޮގަސްޓް 2025 |
ހޯމަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ކ.ގުޅީ ކައުންސިލް އިދާރާ |
17 އޮގަސްޓް 2025 |
އާދިއްތަ |
11:00 |
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 06 އޮގަސްޓް 2025 ން 17 އޮގަސްޓް 2025 ގެ 11:00 ކުރިން ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށް ބީލަން ފޮތަށް އަގު ދައްކާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. ބީލަންފޮތުގެ އަގަކީ 1500.00 (ފަނަރަ ސަތޭކަ ރުފިޔާ) އެވެ. އެއްވެސް ސަބަބަކާއި ގުޅިގެން ބީލަންފޮތް ގަތުމަށް ޚަރަދުކުރައްވާ ފައިސާއަކީ އަނބުރާ ދެވޭނޭ ފައިސާއެއްނޫނެވެ. ބީލަން ފޮތާއި ގުޅުން ހުރި ލިޔުންތައް ފޮނުވޭނީ ބީލަން ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ.