ދިވެހިރާއްޖެ
ނީލަންކިޔުން
ރަށުގެ ބަނދަރު ސަރަހައްދުގައި އައުމިސްކިތް އަޅާ ސަރަހައްދުން ކަނޑާފައިވާ ރުއްގަހުގެ ބައިތަކާއި ކައުންސިލް އިދާރާގައި ހުރި ބައެއް ބައު މުދާ ނީލަން ކިޔުން 2025 އޮގަސްޓު 13 ވާ ބުދަ ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 އޮގަސްޓު 06 ވާ ބުދަ ދުވަހުން ފެށިގެން 2025 އޮގަސްޓު 13 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ.ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ނީލަންކިޔާ ތަކެތި ބަލާލުމަށް ބޭނުންވާނަމަ 2025 އޮގަސްޓު 13 ވާ ބުދަ ދުވަހު 12:30އަށް ކައުންސިލްއިދާރާއަށް ދުރުވުން އެދެމެވެ.
ނީލަމުން ނަގާ ތަކެތި ގެންދެވޭނީ ނީލަމުން ނަގާ ތަކެތީގެ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން، 2025 އޮގަސްޓު 13 އިން 2025 އޮގަސްޓު 27 ވަނަދުވަހުގެ 9:00 ން 12:00 ނިޔަލަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަވަންވާނެއެވެ.
އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ނީލަމުން ނެގި ތަކެއްޗަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ތަކެތީގެ" ޖުމްލަ އަގަށްވާ ފައިސާގެ 50 އިންސައްތަ ދައްކަވަންޖެހޭނެއެވެ.
ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތީގެ މައުލޫމާތު (ނަންބަރު ޖަހާފައިވާނީ ފެހިކުލައިން)
- ރުއްބުރި - ބަނދަރު އުތުރުރުއްގަނޑު އިރުމަތި (1،2،3،4،5،6،7،8،9،10،11،12،13،14،15،16،17،18)
- މިދިލިގަސްބުރި - ބަނދަރު އުތުރުރުއްގަނޑު އިރުމަތި (19،20،21،22،23،24،25،26)
- 11 ބައު އޭސީ އައުޓުޑޯ އަދި އިންޑޯ ޔުނިޓް (27 އިން 37 އަށް)
- 4 ކުނޑިފިލާ އަލަމާރީ/ކަނބަޑުގެ ބައިތައް (38)
- 2 ކުނޑިފިލާ ޑުރެސިންޓޭބަލް/ސައިޑްކަބަޑުގެ ބައިތައް (39)
- 2 ލަކުނޑި ކުޑަދޮރު ދޮރުފަތާއެކު (40)
- 10ލަކުނޑި ކުޑަދޮރުފަތް (41)
- 1 ފެންމޯޓާރ (42)
- 1 ކުނޑިލާގެ 4 ފޫޓް އެނދުގެ ބައިތައް (43)
- 1 ބައު ފާހާނާތަށި (44)
- 8 ފަންކާ (45،46،47،48،49،50،51،52)
- 7 ލަކުނޑި ސިންގަލް އެނދު (55،56،57،58،59،60،61)
- 10 ބައުގޮޑި (މިސްކިތުގައި ނަމާދުކުރަން ބަހައްޓާ) (62)
- 04 އެސްލޯން ހޮޅިއަދި ފިޓިންގްސް (63،64،65،66)
- 02 ޑިސްޕެންސަރ (67)
- 04 ލަކުނޑި ބޮޑުދޮރާއި 6 ދޮރުފަތް (68)
- 01 ބައުރަށުޕިކަޕު (69)
- 05 ގަނޑު ތިބި (70)
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
12 ޞަފަރު 1447
06 އޮގަސްޓު 2025