ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-CA/240/2025/58
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 10 އޮގަސްޓް 2025 10:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އައި.ވީ.ބީ ކޯޗަސް ލެވެލް 1 ގެ ، ތަމްރީނު ޕްރޮގުރާމާއި ބައިވެރިވުމުގެ ފުރުސަތު

 

                އެފް.އައި.ވީ.ބީ ކޯޗަސް ލެވެލް 1 ގެ ، ތަމްރީނު ޕްރޮގުރާމާއި ގުޅޭ

 ވޮލީބޯލް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ސެޕްޓެމްބަރ 15-19 އަށް ވޮލީބޯޅަ ކޯޗިން ކޭމްޕެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ކޭމްޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، އައިޑީ ކާޑު ކޮޕީ، އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޮއާއި އެކު ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިކޯހުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ޓީޝާޓާއި، ސްޓަޑީ މެޓީރިއަލްސް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހަމަޖައްސާ ދެއްވާނެއެވެ. ނަމަވެސް މިކޯހުގައި ބައިވެރިވާ ފަރާތްތަކުން ކޯހުގެ ބޭނުމަށް އަމިއްލަ ލެޕްޓޮޕް ގެންދަންޖެހޭނެއެވެ.

ކޯހުގެ ނަން: FIVB Coaches Course Level 1

ކޯހުގެ ފީ : -/ 2500

ކޯހުގައި ކިޔަވައިދޭ ބަސް: އިނގިރޭސި

ބައިވެރިވުމުގެ ޝަރުތު: 18 އަހަރު ފުރިފައިވުން

                އިނގިރޭސި ބަހުން ލިޔަންކިޔަން އަދި ވާހަކަ ދައްކަން އެނގުން

                ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން.

ހުށަހަޅުއްވަންޖެހޭ ފޯމްތައް އެއްކަރުދާސްކުރެވިފައިވާނެއެވެ. 

ނޯޓް: 1 ފަރާތަށްވުރެ ގިނަ ފަރާތުން ކޯހަށް އެދިފައިވާނަމަ ކޯހަށް ހޮވޭ ބައިވެރިއަކު ކަނޑައަޅާނީ ގުރު ނަގައިގެނެވެ.

               ވީމާ، މި ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800713 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

06 އޮގަސްޓް 2025