ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/42
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 17 އޮގަސްޓް 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑި ދޯނިފަހަރު ބަނދެ މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ދިގުމުއްދަތަށް ބިން ކުއްޔަށް ދޫކުރުން

 

ހދ. ވައިކަރަދޫއަކީ ވިޔަފާރީގެ ފުރުސަތުތައް ފަހިވެފައިވާ އިޤްތިޞާދީގޮތުން ތަނަވަސް ރަށަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރަށުގެ އޮޑިއެހެލާ ސަރަޙައްދުގެ ހުޅަނގުން، ބަކަރިކޮށި ހިމެނޭ ސަރަޙައްދާ ދޭތެރެއިން، ދިގުމުއްދަތަށް އޮޑިދޯނިފަހަރު ބަނދެ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް 2 ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރަމެވެ. މި ބިމުގައި ދިގުމުއްދަތަށް އޮޑިދޯނިފަހަރު ބަނދެ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި ބީލަމާގުޅޭ މަޢުލޫމާތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 17 އޮގަސްޓް 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  • "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://www.vaikaradhoo.gov.mv/bid-register1
  • ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން، 17 އޮގަސްޓް 2025 ވަނަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 28 އޮގަސްޓް 2025 ވަނަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

06 އޮގަސްޓް 2025