ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KRH-B-6/2015/38
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 13 އޮކްޓޫބަރު 2015 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ހިރިމަރަދޫ ޞިއްޙީމަރުކަޒަށް ރިސެޕްޝަނިސްޓަކު ބޭނުންވެގެން ކޮށްފައިވާ ނަންބަރު IUL)B6-SM/2014/04) (ތާރީޚު:14 އޮގަސްޓް 2014) އިޢުލާންގައި ހިމެނިގައިވާ މަޤާމުގެ ރޭންކުގެ ރަނގަޅުކަމުގައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުމެވެ.

މަޤާމު:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:              1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް1        ރޭންކް GS1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން / ސެކްޝަން

ހިރިމަރަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ހިރިމަރަދޫ ޞިއްޙީމަރުކަޒު / ހދ. ހިރިމަރަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒަށް އަންނަ ބަލިމީހުންގެ ރަޖިސްޓްރޭޝަންގެ ކަންތައް ބެލެހެއްޓުމާއި، އާސަންދައިގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުދީ ރެކޯޑްތައް ފުރިހަމަ ކުރުމާއެކު، ބަލިމީހާ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން. ތަރުޖަމާކުރަންޖެހޭ ހާލަތްތަކުގައި ޑޮކްޓަރާއި ބަލިމީހާއާއިދެމެދު ދެކެވޭ ވާހަކަތައް ފުރިހަމައަށް ތަރުޖަމާކުރުން.
  • ކައުންޓަރަށް ލިބޭ އެންމެހާ ފައިސާ، މާލިއްޔަތާއި ބެހޭ ގާނޫނާނާއި ގަވާއިދާއެއްގޮތަށް ހަވާލުވެ ގުޅޭ ލިޔުކިޔެޔުންތައް ބެލެހެއްޓުން.
  • ބަލިމީހުންގެ ފައިލްތަކާއި ކައުންޓަރުގެ އިދާރީ ފޮތްތައް ތަރުތީބު ކުރުމާއި ފައިލްތަކާއި ފޮތްތައް ހެދުމާއި އައުކުރުމުގެ މަސައްކަތް ކުރުން.
  • ކައުންޓަރުގެ އިންވެންޓްރީ ދުވާލަކު 1 ފަހަރު ބަލައި ހަމަކުރުމާއި، އަދި ހަލާކުވާ ތަކެއްޗާއި މަދުވާތަކެތީގެ ތަފުސީލު އޮފީހަށް އެންގުން.
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ލިބޭ މެސެޖު ސިޓީ ފަދަތަކެތި އެންޓްރީކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން.
  • ފޯންކޯލްތަކަށް ޖަވާބު ދިނުމާއި ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  • މަރުކަޒަށް އަންނަ މެހެމާނުންނަށް މަގުދައްކައިދިނުމާއި ބައްދަލްކުރަން ބޭނުންވާ ފަރާތްތަކާއި ބައްދަލްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • މަރުކަޒުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ

  • ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިން މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެގިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިން މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލްސަރވިސް މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހިރިމަރަދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ)
  • މަސައްކަތު ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ( މުއްދަތުހަމަނުވާ) ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއެއް .
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހިރިމަރަދޫ ޞިއްޙީމަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ، 2015 ވަނައަހަރުގެ ނޮވެންބަރު މަހުގައި، ހިރިމަރަދޫ ޞިއްޙީމަރުކަޒުގައި،

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520550 އާ ގުޅުއްވުން އެދެމެވެ.  

30 ސެޕްޓެންބަރު 2015