ބީލަން
ނަންބަރު: TENDER/HMH/2025/022
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 23:40
ސުންގަޑި: 10 އޮގަސްޓް 2025 00:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ފަޔަރ ކޮންޓްރޯލް ސިސްޓަމް އެޅުވުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ފަޔަރ ކޮންޓްރޯލް ސިސްޓަމް ހަރުކުރުމަށްޓަކައި އެސެސްމެންޓް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 އޮގަސްޓް 10ވާ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

 

ޕްރީބިޑް ބައްދަލުވުން      

 

https://forms.gle/jDboADfs1wERjizz7

 

 

2025 އޮގަސްޓް 12ވާ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

 

އަންދާސީ
ހިސާބު ހުށަހެޅުން:

19 އޮގަސްޓް 2025 ވާ ދުވަހުގެ 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2025 އޮގަސްޓް 14ވާ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350121

އީ-މެއިލް: [email protected]

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

05 އޮގަސްޓް 2025