ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/270
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 12 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖިނިއަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އިންޖިނިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 3

އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީއެލަވަންސް

 އިނާޔަތްތައް

-/7035   ރުފިޔާ  

-/3,500  ރުފިޔާ     

2,462/25  ރުފިޔާ

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓްގެ  ޕްރޮޖެކްޓް ޑިޒައިންގއެންޑް ސްޕަވިޝަން ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރަށްރަށުގައި ޤާއިމްކުރެވޭ ފެން ފޯރުކޮށްދޭ ނިޒާމާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ސާރވޭކުރުމަށް ފަހު ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓު ދިރާސާކޮށް އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުން. އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާއި ހަވާލުވެ މަސައްކަތް ކުރުން.
  2. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދުމަށްޓަކައި  ޕްރޮޕޯސަލްއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
  3. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާ ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހުށަހަޅުއްވާ ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުން. އަދި އެފަރާތްތަކުން ހުށަހަޅުއްވާ ރިޕޯޓުތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން ސެކްޝަންގެ އިސްވެރިޔާއަށް އަންގާ ގެންނަން ޖެހޭ ބަދަލު ގެނައުން. 
  4.  ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޓެންޑަރިންގ ޕްރޮސެސްގައި އެކި ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި ބިޑިންގ ޑޮކިއުމަންޓްސް ބަލާ ރިވިއު ކުރުން. އަދި މިއާއި ބެހޭ ގޮތުން ތައްޔާރު ކުރަންޖެހޭ ލިޔުންތަކާއި ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  5. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލު ކުރުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެގްރީމެންޓާއި އެއާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސޮއި ކުރުމުގެ ކުރިން ހުއްދަ ހޯދާންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
  6.  ރަށްރަށުގައި ނަރުދަމާ ނިޒާމްތައް ޤާއިމްކޮށް ތަރައްޤީ ކުރުމުގައި ޓެކްނޮލަޖީގެ ގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ އެކަމާ ގުޅޭ ހޯދުންތައް ހޯދައި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އޭގެ ބޭނުން ހިފޭނެ ފަދަ އުސޫލުތަކަކާއި ގަވާއިދުތައްކެއް އެކުލަވާލުން.
  7.  ރަށްރަށުގައި ޤާއިމް ކުރުވޭ ފެނާއި ނަރުދަމާ ނިޒާމްތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލްއާއި ޑިޒައިންގ ރިޕޯޓުތައް އިވެލުވޭޓްކޮށް ބޭނުންވާ ފަންނީ ލަފާ ދިނުން. އަދި ތައްޔާރު ކުރެވޭ ރިޕޯޓުތައް ގަވާއިދުން ކަމާ ބެހޭ ފަރާތްތައް ފޮނުވުން.
  8. ރަށްރަށުގައި ޤާއިމް ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމްތަކާއި އަދި ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭ ރަށްތަކަށް ކަނޑައެޅޭ ތާވަލްއަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޕަވިޝަން އަދި މޮނިޓަރިންގ ދަތުރުތައް ކުރުން. އަދި ކުރެވޭ ދަތުރުތަކާއި ގުޅިގެން ސިސްޓަމްތަކުގެ ހާލަތު އަންގައިދޭ ރިޕޯޓު ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
  9. ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  10. ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން.
  11. ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާއި ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން. މީގެ އިތުރުން ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ ލަފާގެ މަތިން މައްސަލަ ހައްލު ކުރުން.
  12. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާއި ކަނޑައެޅިފައިވާ ދުވަހަށް ހަވާލު ކުރުން. އަދި ބަޖެޓާއި އަހަރީ ރިޕޯރޓް ފައިނަލް ކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
  13. ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި،ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ޤަވާޢިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން މުވައްޒަފުންނަށް އަންގާ މިކަމާއި ގުޅޭ މަޢުލޫމާތު ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން.
  14. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓްގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެންކްޓަރ އިން ތައްޔާރު ކުރެވޭ ވާރކްޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ގަވާއިދުން މޮނިޓަރކޮށް މަހަކު އެއް ފަހަރު ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް ރިޕޯޓު ހުށަހެޅުން. އަދި އިސްލާހު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިސްލާހީ ފިޔަވަޅު އެޅުން.
  15. މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އިންޖިނިއަރިންގގެ ދާއިރާގައި މަސައްކަތްކޮށްފައި ހުރި މިންވަރު.
  2. ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިލްމު ލިބިފައިވާ މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 12 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 13 އޮކްޓޫބަރު 2015 އާއި 15 ޑިސެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

18 ޛުލްޙިއްޖާ 1436  

01 އޮކްޓޫބަރު 2015