ދިވެހިރާއްޖެ
މާލޭގެ މިސްކިތްތައް ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2025/112 އިޢުލާނާ ގުޅިގެން މަޢުލޫމާތު ކަރުދާހަށް ބަދަލެއް ގެންނަންޖެހުމާއި ގުޅިގެން އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މަޢުލޫމާތު ސާފުކުރުން |
13 އޮގަސްޓް 2025 (ބުދަ) |
13:00 |
އާއްމު ޚިދުމަތްތަކާބެހޭ ބައި/ މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
އަގު ހުށަހެޅުން |
20 އޮގަސްޓް 2025 (ބުދަ) |
10:00 |
އާއްމު ޚިދުމަތްތަކާބެހޭ ބައި/ މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.