މަސައްކަތް
ނަންބަރު: 480/IUL/2025/30
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 13 އޮގަސްޓް 2025 11:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އައު އޮފީސް އިމާރާތަށް އެއަރ ކޮންޑިޝަން ސިސްޓަމް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލުގެ އައު އޮފީސް އިމާރާތަށް އެއަރ ކޮންޑިޝަން ސިސްޓަމް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. ސައިޓް ވިޒިޓްކުރުމާއި ބިޑު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

1

ސައިޓް ވިޒިޓް

10 އޮގަސްޓް 2025

11:00

ހ. ޕެލްމެއިރާ، ސޯސަންމަގު، 6 ވަނަ ފަންގިފިލާ

2

ބިޑު ހުށަހެޅުން

13 އޮގަސްޓް 2025

11:00

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

 

މި އިޢުލާނާއެކު މި ބިޑަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ބިޑު ހުށަހަޅާ ފޯމާއި، އިމާރާތުގެ ލޭޔައުޓް، މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ކަރުދާހެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން، ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

05 އޮގަސްޓް 2025