ދިވެހިރާއްޖެ
ފެމިލީ ކޯޓުގެ މީޑިއޭޝަން ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
ފެމިލީ ކޯޓުގެ މީޑިއޭޝަން ހިންގުމަށްޓަކައި 1000 އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު A3/2015/174-ފ146 (09 ސެޕްޓެންބަރު 2015) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 11:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 08 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.
15 ޛުލްޙިއްޖާ 1436