ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 438/438/2015/268
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 21 އޮކްޓޫބަރު 2015 15:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޓެލެހޭންޑްލަރ (ޒޫމް ބޫމް) ސަޕްލައި ކުރުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: IFB No: 041/4427-MAL

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

ޓެލެހޭންޑްލަރ (ޒޫމް ބޫމް) ސަޕްލައި ކުރުމުގެ މަސައްކަތް:

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) – އެޑިޝަނަލް ފައިނޭންސިންގގެ ދަށުން ރ.ވަންދޫގައި ޤާއިމުކުރާ ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ ޓެލެހޭންޑްލަރ (ޒޫމް ބޫމް) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ޓެލެހޭންޑްލަރ (ޒޫމް ބޫމް) ސަޕްލައި ކުރުމަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ، ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވަރލްޑް ބޭންކް ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5. ބީލަމުގައި ބައިވެރިވުމަށް 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ލިޔުމުން ޝައުޤުވެރިކަން ފާޅުކުރައްވަންވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި، ބީލަންފޮތް މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mvގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު، ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

    ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

    މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

    ގްރީން ބިލްޑިންގ،

    ހަނދުވަރީ ހިނގުން، މާލެ، ދިވެހިރާއްޖެ،

     ފޯން: 3018419

     ފެކްސް: 3018301

     އީމެއިލް: [email protected]

  7. މި މަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަންޖެހޭނެއެވެ.

  8. ބީލަން ހުޅުވުން އޮންނާނީ، 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

01 އޮކްޓޫބަރު 2015