ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2025/13
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 01:30
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 2025

63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 25  އޮގަސްޓް 2025 ން 29 އޮގަސްޓް 2025 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް މިއަހަރު ރޭވިފައިވަނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ތިރީގައި މިވާ އުމުރުފުރާތަކާއި ޑިވިޝަންތައް ހިމެނޭ ގޮތަށެވެ.

  • 13 އަހަރުންދަށް، (ސިންގަލްސް)
  • 15 އަހަރުންދަށް، (ސިންގަލްސް އަދި ޑަބަލްސް)
  • 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
  • 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
  • ޥެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

 

ވީމާ ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ފަރާތްތަކުން  18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ

04 އޮގަސްޓް 2025