ކުއްޔަށް ދިނުން
ނަންބަރު: (IUL)338-AHR/338/2025/62
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 20:26
ސުންގަޑި: 14 އޮގަސްޓް 2025 09:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯޓްސް ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

            

                   ކ. ގުރައިދޫ ގައި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 13  އޮގަސްޓް 2025 ވާ  ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވާނީ ބީލަން ހުށަހެޅުމަށް ބޭނުންވާ ޕްލޮޓަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 10،000.00 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު

-     ރަޖިސްޓަރ ކުރަން ބޭނުންވާ ޕްލޮޓްގެ ނަންބަރު

-          ވިޔަފާރީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 13 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

04 އޮގަސްޓް 2025

04 އޮގަސްޓް 2025