ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2025/252
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 16:09
ސުންގަޑި: 11 އޮގަސްޓް 2025 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާނު

 

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން    

މަޤާމްގެ ނަންބަރު:

J-413274

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހުޅުމާލެ

ޔުނިޓް

އައި.ޓީ އޮޕަރޭޝަންސް އެންޑް ހެލްޕްޑެސްކް ޔުނިޓް

މުސާރަ:

 6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ޓެކްނިކަލް ކޯ އެލަވަންސް  ގެ ގޮތުގައި -/1762.60 ރުފިޔާ ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭނަމަ ސަޕޯޓިންގ ކޯ އެލަވެންސް ގެ ގޮތުގައި 900 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 2203.25 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޓެކްނިކަލް އެހީއަށް އެދި، ފޯނު، އީމެއިލް، ނުވަތަ ޓިކެޓިންގ ސިސްޓަމް ފަދަ އެކި ޗެނަލްތަކުން އަންނަ ރިކުއެސްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލުމާއި، އެފިޝިއަންޓް ޓްރަބްލްޝޫޓިން ކަށަވަރުކުރުމަށްޓަކައި، އެކި ޔޫޒަރުންގެ ފަރާތުންއަންނަ ކަމާގުޅުންހުރި ހުރިހާ މައުލޫމާތެއް ފުރިހަމައަށް ލޮގް ކުރުން.
  • ރިޕޯޓްކޮށްފައިވާ ސަޕޯޓް ރިކުއެސްޓް ނުވަތަ މައްސަލަތައް ބަލައިގަނެ، މައްސަލައިގެ އަސްލު ދެނެގަނެ، އެކަން ޙައްލުކުރުމަށް ހަރުދަނާ ގޮތްތަކެއް ނުވަތަ ވޯރކް އަރައުންޑްތަކެއް ފޯރުކޮށްދީ، ކަނޑައެޅިފައިވާ ޕްރޮސީޖަރޒްތަކަށް ޢަމަލުކޮށް، އަދި ކޮމްޕްލެކްސް މައްސަލަތައް ޙައްލުކުރުމުގައި އައިޓީ ޓީމްގެ އެހެނިހެން މެންބަރުންގެ އެހީތެރިކަން ހޯދުން.
  • ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމަށް ސްޓެޕް-ބައި-ސްޓެޕް އިރުޝާދުގެ ޒަރިއްޔާއިން އެންޑް-ޔޫޒަރުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓްރަބަލްޝޫޓް ކުރުމަށް ޔޫޒަރުންގެ ޑިވައިސްތަކަށް ރިމޯޓްކޮށް ވަދެ މައްސަލަ ހައްލުކުރުމާއި، އަދި ސޮފްޓްވެއަރ އެޕްލިކޭޝަން ނުވަތަ ހާރޑްވެއަރ ޑިވައިސްތައް ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދިނުން.
  • ސަޕޯޓް ރިކުއެސްޓްތަކާއި ޓްރަބްލްޝޫޓިން ސްޓެޕްސް އަދި ރިޒޮލިއުޝަންތަކުގެ ފުރިހަމަ އަދި އެންމެ ފަހުގެ ލިޔުންތައް ހަދާ ބެހެއްޓުން، އާންމު ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ޔޫޒަރުންނަށް އެހީތެރިވުމުގެ ގޮތުން ޔޫޒަރގައިޑާއި އާޓިކަލްތައް އުފައްދައި، މުސްތަގުބަލުގައި ދިމާވާ މައްސަލަތަކަށް ރިފަރެންސް ކުރެވޭނެ ނޮލެޖް ބޭސްއެއް ބިނާކޮށް، އެފިޝަންސީ ރަނގަޅުކޮށް، ޔޫޒަރުންނަށް ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން.
  • އައިޓީ ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑިވައިސްތަކާއި އަދި ސެކިއުރިޓީ ޕްރޮޓޮކޯލްތަކާ ބެހޭ ގޮތުން އެންޑް ޔޫޒަރުންގެ ޢިލްމާއި ވިސްނުން އިތުރުކުރުމަށް، ވަން-އޮން-ވަން ކޯޗިން ސެޝަންސް ނުވަތަ ގްރޫޕް ޓްރެއިނިންގ ސެޝަންތައް މެދުވެރިކޮށް، ޔޫޒަރ ޓްރެއިނިންގ ނުވަތަ ވޯކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން
  • ސޮފްޓްވެއާ އާއި ހާޑްވެއާ އިންސްޓޯލްކޮށް، ކޮންފިގަރކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް އަދާކުރުން، އޭގެ ތެރޭގައި އައު ކޮމްޕިއުޓަރުތައް ސެޓަޕްކުރުމާއި، އޮޕަރޭޓިން ސިސްޓަމްތަކާއި ސޮފްޓްވެއާ އެޕްލިކޭޝަންތައް އިންސްޓޯލް ކުރުމާއި، ހުރިހާ ސިސްޓަމްތަކަކީވެސް އެންމެ ޒަމާނީ އަދި ރައްކާތެރި ސިސްޓަމްތަކެއްކަން ކަށަވަރުކުރުން.
  • ކޮމްޕިއުޓަރ، ޕެރިފެރަލްސް އަދި ސޮފްޓްވެއަރ ލައިސަންސް ހިމެނޭގޮތަށް މިނިސްޓްރީ ސެކްޓަރގެ އައިޓީ ސްޓޭޓަސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ހާޑްވެއާ އަދި ސޮފްޓްވެއަރ އިންސްޓޮލޭޝަންތަކާއި، އަޕްގްރޭޑްތަކާއި، ރިޓަޔަރމަންޓްތައް ޓްރެކްކުރުމާއި، އައިޓީ އިކުއިޕްމަންޓާއި ސޮފްޓްވެއަރ ލައިސަންސް އެކަށީގެންވާ މިންވަރަށް ސަޕްލައިކުރުމަށް ޕްރޮކިއުމަންޓް ސެކްޝަނާ ގުޅިގެން މަސައްކަތްކުރުން.
  • Microsoft 365 އާއި 3CX ފޯން ސިސްޓަމް އާއި GEMS ފަދަ ސިސްޓަމްތަކާއި، އިންޓާނަލް/އެކްސްޓަރނަލް އެޕްލިކޭޝަންތަކާއި ސިސްޓަމްތަކަށް ބޭނުންވާ ހުރިހާ ޔޫޒަރ އެކައުންޓްތައް ބެލެހެއްޓުމާއި މޮނިޓަރކުރުން، އަދި އެ ޔޫޒަރ އެކައުންޓްތަކަކީ އައިޓީ ޕޮލިސީތަކާއި ސެކިއުރިޓީ މިންގަނޑުތަކަށް ފެތޭ އެކައުންޓްތަކެއްކަން ކަށަވަރުކުރުން.
  • ސިސްޓަމް އަޕްގްރޭޑް ކުރުމާއި، ނެޓްވޯކް އިންސްޓޯލްމަންޓް ނުވަތަ ސޮފްޓްވެއާ އިމްޕްލިމެންޓޭޝަން ފަދަ ތަފާތު އައިޓީ ޕްރޮޖެކްޓްތަކުގައި އަމަލީގޮތުން ބައިވެރިވުން، އަދި ޕްރޮޖެކްޓް ޕްލޭނިން، ޔޫޒަރ އެކްސެޕްޓެންސް ޓެސްޓިން، ނުވަތަ އެންޑް-ޔޫޒަރ ފީޑްބެކްގެ މައްޗަށް ބިނާކޮށް ސިސްޓަމް އިމްޕްރޫވްމަންޓަށް އިންޕުޓް ފޯރުކޮށްދިނުން.
  • އައިޓީ ދާއިރާގައި އަބަދުވެސް ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއި، އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތަކާ އެއްހަމައެއްގައި ދެމިހުރުން، އޭގެ ތެރޭގައި އައު ޓެކްނޮލޮޖީތައް ދިރާސާކުރުމާއި، އައިޓީ ޓްރެއިނިން ސެޝަންތައް ނުވަތަ ކޮންފަރެންސްތަކުގައި ބައިވެރިވުމާއި، ފަންނީ ހުނަރާއި ޢިލްމު އިތުރުކުރުމަށް އަބަދުވެސް މަސައްކަތްކުރުން.
  • އައިޓީ އޮޕަރޭޝަންސް އެންޑް ހެލްޕްޑެސްކް ޔުނިޓް ވެރިޔާ، ނުވަތަ އައިޓީ ސެކްޝަން ވެރިޔާ ޙަވާލުކުރާ އައިޓީއާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ ކޯ ޑިސިޕްލިން:

ކޮމްޕިއުޓަރ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11  އޮގަސްޓް 2025 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] )މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/އިމްތިހާން އޮންނާނީ،12 އޮގަސްޓް 2025 އާއި 10 ސެޕްޓެންބަރު 2025 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އުމަރު ޒާހިރު އޮފީސް އިމާރާތް، ، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2ވަނަ ފަންގިފިލާ ގައެވެ. އަދި އިމްތިޙާން އޮންނާނީ ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޝަންގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

04 އޮގަސްޓް 2025

04 އޮގަސްޓް 2025