ދިވެހިރާއްޖެ
އިޢުލާން
މުލީ ކައުންސިލަށް ބޭނުންވާ އަމާރޑް ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މ. މުލީ ދަނޑުބިން ސަރަހައްދަށް ކަރަންޓް ކޭބަލް އެޅުމަށް ބޭނުންވާ އަމާރޑް ކޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ގަންނަން ބެނުންވާ ތަކެތި
ނަން |
ދިގުމިން |
ފަލަމިން |
އަމާރޑް ކޭބަލް Armoured Cable |
172 Meter |
16 SQMM |
މި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ފިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.
ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޮގަސްޓް 10 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އިޢުލާނާ އެކުގައިވާ ބިޑް ރަޖިސްޓްރީ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 2025 އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހުގެ 10.00 ކުރިން އިދާރާގެ ޕްރޮކިއުމަންޓް މެއިލް[email protected] އަށް މެއިލް ކުރައްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ބިޑް ހުށަހެޅުން |
މ. މުލީ ކައުންސިލްގެ އިދާރާ |
17 އޮގަސްޓް 2025 |
އާދިއްތަ |
13.00 |
ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.